މިއަދު ވައި ސާފުވިޔަސް، މެދު ރާއްޖެތެރެއާއި ދެކުނަށް އޮތީ ވިއްސާރަ

ސަން

6 ފެބްރުއަރީ 2026 | ހުކުރު | 2:03

މިއަދު މެދުރާއްޖެތެރެއާއި ދެކުނަށް ވިއްސާރަ ކުރާނެ ކަމަށާއި ވިއްސާރަ ކުރުމުން ވައިސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް)އިން މިއަދު ބުނެފިއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ނުރައްކާތެރި މިންވަރަކަށް ދުންފުހުގެ އަސަރު ކުރަމުންނެވެ.

މިއަދު 'ސަން'އިން ސުވާލުކުރުމުން މެޓުން ބުނީ، އިއްޔެ ވާރޭ ވެހުމުން ދުންފުހުގެ އަސަރު ކުޑަވެ، މިއަދު ވައި ސާފުވެފައިވާ ކަމަށެވެ. މިގޮތުން، މިއަދު ދިހަ ކިލޯމީޓަރަށް ވެސް ދުރު ފެންނާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް