އަބްދުއްރަހީމްގެ އެއްމާބަނޑު ކޮއްކޮ، ޕީއެންސީއާ ދެކޮޅަށް ނުކުމެފައިވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފި
ސަން
6 ފެބްރުއަރީ 2026 | ހުކުރު | 3:17
ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ އެއްމާބަނޑު ކޮއްކޮ، އަބްދުލްކަރީމް އަބްދުﷲ, ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމައިފައިވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފިއެވެ.
އަބްދުއްރަހީމް މެންބަރުކަން ކުރައްވާ, ފޮނަދޫގެ ރައީސްކަމަށް މި ފަހަރު ވެސް ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ، މިދިޔަ ތިން ދައުރުގައި އެ ކައުންސިލް ރައީސްކަން ކުރެއްވި އަހުމަދު ރިޔާޒެވެ. އޭނާއާ ދެކޮޅަށް, ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ކަރީމް, އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.
ކަރީމް މިއަދު "ސަން" އަށް ވިދާޅުވީ އޭނާ އިންތިޚާބަށް ނުކުންނަވަން ނިންމެވުމާއެކު, ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އޭނާގެ އަންހެން ދަރިފުޅު މިދިޔަ ބުދަ ދުވަހު މަގާމުން ވަކި ކުރައްވާފައިވާ ކަމަށެވެ. އަދި ފުނަދޫގެ ވެމްކޯ ކޭޝިއަރެއްގެ މަގާމުގައި ހުރި އޭނާގެ ދަރިފުޅު އާލިމް އަބްދުލްކަރީމް ވެސް އިއްޔެ ވަނީ އެ މަގާމުން ވަކި ކޮށްފައި ކަމަށް ކަރީމް ވިދާޅުވިއެވެ.