މާލެ ހިޔާގެ ފަސް ވަނަ ބުރިން ވެއްޓުނު 60އަހަރުގެ މީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

ސަން

6 ފެބްރުއަރީ 2026 | ހުކުރު | 3:34

މާލެ ހިޔާގެ ފަސް ވަނަ ބުރިން އިއްޔެ ވެއްޓުނު މީހާއަށް ފަރުވާ ދެމުން އަންނަނީ، އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

އެ މީހާ ފުލެޓުން ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކުރީ، އިއްޔެ ހެނދުނު 06:50 ހާއިރެވެ. އެއީ، 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާއިރު، އޭނާއަށް ފަރުވާ ދެނީ، އައިޖީއެމްއެޗުގައެވެ.

'ސަން'އިން ސުވާލުކުރުމުން އައިޖީއެމްއެޗުން ފޮނުވި ކުރު މެސެޖެއްގައި ބުނީ، އެ މީހާއަށް ފަރުވާ ދެނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.

މައުޟޫޢުތަށް