ޗާގޯސް މައްސަލަ: ނަޝީދު ލަފާކުރެއްވީ ރާއްޖޭން އަމަލުކުރަނީ އެމެރިކާއިން ރުހުން ދިން ގޮތަށް ކަމަށް
ސަން
6 ފެބްރުއަރީ 2026 | ހުކުރު | 6:21
ޗާގޯސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި، ރާއްޖޭން މިހާރު އަމަލުކުރަނީ އެމެރިކާއާއި އިނގިރޭސިވިލާތުން ރުހުން ދިން ގޮތަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ލަފާކުރައްވައިފިއެވެ.
އިނގިރޭސިވިލާތުން މިދިޔަ އަހަރު ވަނީ އެއްބަސްވުމެއް ގާއިމުކޮށް ޗާގޯސްގެ ރަށްތަކުގެ އިސްތިގުލާލު މޮރިޝަސްއަށް ދޭން ނިންމައިފައެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށް، ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުންނާތީ، އެ ރަށް އޮންނާނީ އެމެރިކާއަށް ކުއްޔަށް ދީފައެވެ.
އެ އެއްބަސްވުމަށް ފާޑުވިދާޅުވެ ޓްރަމްޕް ވަނީ އެއީ ގައުމީ ސަލާމަތަށް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައި، ޗާގޯސް ހަވާލުކުރުމަކީ ތާކުންތާކު ނުޖެހޭ ކަމެއްގެ ގޮތުގައި ވިދާޅުވެފައެވެ. ނަމަވެސް އިއްޔެ ޓްރަމްޕް ވަނީ އިނގިރޭސިވިލާތުގެ ސަރުކާރުން ގާއިމުކޮށްފައިވާ އެއްބަސްވުމަކީ އެ ގައުމުގެ ސަރުކާރަށް ހެދެން އޮތް ރަނގަޅު އެއްބަސްވުން ކަމަށް ވިދާޅުވެފައެވެ.