އެމްޑީޕީގެ ވެރިކަމެއްގައި، ލާމަރުކަޒީ ނިޒާމު ހިންގަން މިހާރަށް ވުރެ އިތުރަށް ފައިސާ ދޭނަން: ޣަފޫރު

ސަން

6 ފެބްރުއަރީ 2026 | ހުކުރު | 11:51

މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީއަށް ވެރިކަން ކުރަން ދެން ލިބޭ ފުރުސަތެއްގައި، ލާމަރުކަޒީ ނިޒާމު ހިންގަން މިހާރު ދޭ ފައިސާއަށް ވުރެ އިތުރަށް ދޭނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިރޭ ވިދާޅުވެއްޖެއެވެ.

ދެހާސް ނަވާރައިގައި އިންތިޚާބުވި އެމްޑީޕީގެ ސަރުކާރުގައި، ދައުލަތުގެ އެ އަހަރެއްގެ ޖުމްލަ އާމްދަނީގެ ގޮތުގައި އަންދާޒާ ކުރެވޭ މިންވަރުގެ މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ޚާއްސަ ކުރުމަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.

އެއަށްފަހު، ކައުންސިލްތަކަށް 2021ގައި 1.3 ބިލިއަން ރުފިޔާ، 2022ގައި 1.6 ބިލިއަން ރުފިޔާ އަދި 2023ގައި 1.8 ބިލިއަން ހިމަނައިފައިވެއެވެ. އެހެންނަމަވެސް ޕީއެންސީ ސަރުކާރުން ކައުންސިލްތަކަށް ފައިސާ މަދުން ދޭން އުޅޭ ކަމަށާއި، ކައުންސިލްތަކުގެ ބާރު ކަނޑުވާލަން އުޅޭ ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.

މައުޟޫޢުތަށް