އެމްޑީޕީއަކީ ބާވެފައި އޮތް ޕާޓީއެއް، ޕީއެންސީން 80 ޕަސެންޓުން އިންތިޚާބު ކާމިޔާބުކުރާނެ: ފަލާޙް
ސަން
7 ފެބްރުއަރީ 2026 | ހޮނިހިރު | 12:25
އިދިކޮޅު އެމްޑީޕީއަކީ ބާވެފައި އޮތް ޕާޓީއެއް ކަމަށާއި، ވެރިކަންކުރާ ޕީއެންސީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނީ 80 ޕަސެންޓުގެ ނަތީޖާއަކުން ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ރޭ ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން ކުޅުދުއްފުށި ސިޓީގައި ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ، އިދިކޮޅު އެމްޑީޕީއަކީ ''ބާވެ، މުސްކުޅިވެފައިވާ" ޕާޓީއެއް ކަމަށާއި އެ ޕާޓީގައި ޒުވާން ލީޑަރެއްގެ އިތުރުން ޒުވާން ސިޔާސަތެއް ވެސް ނެތްކަމަށް ވިދާޅުވެފައެވެ.
އޭނާ ވަނީ އެ ޕާޓީން ގެންގުޅެނީ 2008 އިން ފެށިގެން ''ވިއްކަން ގެންގުޅުނު'' ސިޔާސަތުތައް ކަމަށާއި، އެއީ މިހާރު ބާޒާރުގައި ނުވިކޭ އެއްޗެއް ކަމަށް ސިފަކުރައްވައިފައެވެ.