ރާއްޖެއަށް އިނގިރޭސިވިލާތުގެ ރައްދު: ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ހިމެނެނީ ޔޫކޭއާއި މޮރިޝަސް އެކަނި

ސަން

7 ފެބްރުއަރީ 2026 | ހޮނިހިރު | 11:10

ރާއްޖޭން ޗާގޯސް ހޯދުމަށް ވަކާލާތު ކުރަމުން އަންނަ ދަނޑިވަޅެއްގައި، އެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްގެ ގޮތުގައި އިނގިރޭސިވިލާތުން ސިފަކޮށްފިއެވެ.

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ދެބަސްވުންތައް އޮންނަތާ އަހަރުތަކެއް ފަހުން، މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ. އެ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް، ފަހުން ވަނީ އެއްބަސްވުން ތަންފީޒު ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތާއި އެމެރިކާގެ ނޫސްތަކަށް ދެއްވި އިންޓަވިއުތަކެއްގައި ވަނީ، ރާއްޖެއަށް ޗާގޯސް ހޯދުމާ ގުޅޭ ގޮތުން ވާހަަކަފުޅު ދައްކަވައިފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އެ މަނިކުފާނު ވިދާޅުވީ ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށެވެ. އޭގެ ފަހުން އެމެރިކާގެ 'ނިއުސްވީކް'އާ ވާހަކަދައްކަވަމުން ރައީސް ވަނީ، ރާއްޖެއަށް ޗާގޯސް ލިބިއްޖެ ނަމަ، ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާގެ މަރުކަޒު ހިންގަމުން ދިޔުމާ ގުޅޭ އެއްބަސްވުމެއް ހެދޭނެ ކަމަށް ވިދާޅުވެފައެވެ.

މައުޟޫޢުތަށް