އައްޑޫގައި ވިޔަފާރިތަކަށް ޓެކްސް ލުއިކުރުން: ނިޒާރު ވިދާޅުވީ އައްޑޫ މަރުވާން ދޫކޮށްލަނީ ކަމަށް

ސަން

7 ފެބްރުއަރީ 2026 | ހޮނިހިރު | 1:32

ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިންވެސްޓްމެންޓަށް ހުޅުވައިލާއިރު، ވިޔަފާރިތަކުން އާންމުކޮށް ދައްކާ ބައެއް ޓެކްސްތައް ނުދައްކާ ގޮތަށް ހަމަޖައްސައިގެން، ސަރުކާރުން އުޅެނީ އައްޑޫ ސިޓީ 'މަރުވާން ދޫކޮށްލަން' ކަމަށް އެ ސިޓީ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތު ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ގިނަ ލުއިތަކާއެކު އިންވެސްޓްމަންޓްތަކަށް ހުޅުވައިލާނެ ކަމަށެވެ. އެގޮތުން، ބިމު ކުއްޔާއި، އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ކުއްޔާއި ޓެކްސް ނުދައްކާގޮތަށް ހަމަޖައްސައި، އެހެނިހެން އިންސެންޓިވްތައް ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެފަދަ ފުރަތަމަ ސަރަހައްދަކަށް ކަނޑައަޅަނީ އައްޑޫ ސިޓީ ކަމަށެވެ. އެގޮތުން ހުޅުދުއާއި މީދޫ ހިމެނޭ ގޮތަށް، އަންނަ އަހަރުން ފެށިގެން ތިން އަހަރު ދުވަހަށް އައްޑޫ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓުކުރުމަށް ގިނަ ލުއިތަކެއް ލިބޭ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފައިވާކަން އެ މަނިކުފާނު އިއުލާންކުރެއްވިއެވެ.

މައުޟޫޢުތަށް