ލޭ ހަދިޔާކުރާ މިންވަރު އަދިވެސް މަދު، އިތުރުވާނެ ކަމަށް ބެލެވެނީ އަންނަ މަހު: ލޭ އެޕް

ސަން

7 ފެބްރުއަރީ 2026 | ހޮނިހިރު | 5:02

ލޭ ހަދިޔާކުރާ މިންވަރު އަދިވެސް މަދު ކަމަށާއި، އާންމުކޮށް ލޭ ލިބޭ މިންވަރަށް ލިބެން ފަށާނީ އަންނަ މަސް ތެރޭގައި ކަމަށް, ލެޔާ ގުޅޭ ޚާއްޞަ އެޕްލިކޭޝަން ''ލޭ އެޕް''އިން މިއަދު ބުނެފިއެވެ.

މިދިޔަ މަހުގެ ތެރޭގައި މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން ވަނީ ބްލަޑް ބޭންކުގައި ހުރި ލޭ މަދުވެ، ލޭ ލިބުން ދަތިވެފައިވާކަން ފާހަގަކޮށް، ލޭ ހަދިޔާކޮށްދިނުމަށް އެދިފައެވެ.

އޭގެ ފަހުން، ލޭ އެޕްއިން ވެސް ވަނީ ބްލަޑް ބޭންކުގައި ހުރި ލޭ އިންތިހާއަށް މަދުވެ، އޭރު ހުރި ވަރުން ބަލިމީހުންނަށް ލޭ ނުދެވޭނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް