ލޭ ހަދިޔާކުރުން އަދިވެސް މަދު، ފަރުދީ ޒިންމާއެއްކަމަށް ހަދައި ހަދިޔާކުރުން އިތުރުކޮށްދީ: ލޭ އެޕް

ސަން

7 ފެބްރުއަރީ 2026 | ހޮނިހިރު | 5:09

ލޭ ހަދިޔާކުރާ މިންވަރު އަދިވެސް މަދު ކަމަށާއި، ފަރުދީ ޒިންމާއެއްގެ ގޮތުގައި ހަދައި ލޭ ހަދިޔާކުރުން އިތުރުކޮށްދިނުމަށް ލެޔާ ގުޅޭ ޚާއްޞަ އެޕްލިކޭޝަން ''ލޭ އެޕް''އިން މިއަދު އެދިއްޖެއެވެ.

މިދިޔަ މަހުގެ ތެރޭގައި މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން ވަނީ ބްލަޑް ބޭންކުގައި ހުރި ލޭ މަދުވެ، ލޭ ލިބުން ދަތިވެފައިވާކަން ފާހަގަކޮށް، ލޭ ހަދިޔާކޮށްދިނުމަށް އެދިފައެވެ.

އޭގެ ފަހުން، ލޭ އެޕްއިން ވެސް ވަނީ ބްލަޑް ބޭންކުގައި ހުރި ލޭ އިންތިހާއަށް މަދުވެ، އޭރު ހުރި ވަރުން ބަލިމީހުންނަށް ލޭ ނުދެވޭނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް