އެސްއެސްޓީވީގެ ދީނީ ސުވާލު މުބާރާތަށް އަލް މަދީނާ ޙައްޖު އެންޑް އުމްރާގެ ފަރާތުން އުމްރާ ދަތުރެއް

ސަން

8 ފެބްރުއަރީ 2026 | އާދިއްތަ | 9:07

އެސްއެސް ޓީވީއިން ގެނެސްދޭ ދީނީ ސުވާލު މުބާރާތަކަށް އަލް މަދީނާ ޙައްޖު އެންޑް އުމްރާ ގުރޫޕުގެ ފަރާތުން އުމްރާ ދަތުރެއް ހަދިޔާޔާކޮށްފިއެވެ.

އެސްއެސް ޓީވީގެ ފަރާތުން މި ޕްރޮގްރާމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްއެސް ޓީވީގެ ސީއީއޯ މުޙައްމަދު އާސިފް (މޮންދު) އެވެ. އަދި އަލް މަދީނާ ޙައްޖު އެންޑް އުމްރާގެ ފަރާތުން ސޮއިކުރެއްވީ ޝެއިޚް އާދަމް ނިޝާނެވެ.

މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދެއްވަމުން އެސްއެސް ޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުޙައްމަދު ޒަހީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރޯދަ މަހުގެ ކޮންމެ ދުވަހަކު އަލް މަދީނާ ޙައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން ސުވާލެއް ހުށަހަޅާއިރު، އެ ސުވާލަށް ޖަވާބު ދިނުމުގެ ފުރުސަތު އެސްއެމްއެސް ނުވަތަ އެސްއެސްޓީވީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހަމަޖެހޭނެ ކަމަށެވެ.

މައުޟޫޢުތަށް