ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ގާއިމްކުރަން ސޮއިކޮށްފި

ސަން

7 ފެބްރުއަރީ 2026 | ހޮނިހިރު | 7:01

އައްޑޫ ހިތަދޫގެ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯނަކާއި ޑިއުޓީ ފްރީ ޒޯނުގެ ޚިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ހިތަދޫ ބަނދަރަށް ވިހި އަހަރު ވެސް ފުރުނު މި ދުވަހު އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޝްވާނެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު ސަޢީދެވެ.

އެމްޕީއެލުން ބުނީ، މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އައްޑޫ ހިތަދޫގެ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތާއި ބޮންޑެޑް ގުދަނުގެ ޚިދުމަތާއި ބަލްކް ކާގޯ ފެސިލިޓީގެ ޚިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

މައުޟޫޢުތަށް