"ސަރުކާރުގެ ވާޖިބަކީ އެންމެ ކުޑަ އަގެއްގައި ރައްޔިތުންނަށް، ތަކެތި ގަންނަން ލިބޭނެގޮތް މަގުފަހި ކޮށްދިނުން"

ސަން

7 ފެބްރުއަރީ 2026 | ހޮނިހިރު | 9:12

ސަރުކާރުގެ ވާޖިބަކީ ވިޔަފާރިވެރިން ގެންނަ ތަކެތި، އެންމެ ކުޑަ އަގުގައި ރައްޔިތުންނަށް ލިބޭނެ ގޮތަށް ކަންކަން ފަހިކޮށް ދިނުންކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ހިތަދޫގެ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯނަކާއި ޑިއުޓީ ފްރީ ޒޯނުގެ ޚިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު މާލޭގެ ވިޔަފާރި ބަނދަރު، ތިލަފުއްޓަށް އަންނަ އަހަރު ބަދަލު ކުރެވޭނެކަން ފާހަގަ ކުރައްވާ ވިދާޅުވީ މިއީ ރާއްޖޭގެ ވިޔަފާރި އަށް މި ފަހަކަށް އައިސް އަންނާނެ އެންމެ ބޮޑު ކުރިއެރުން ކަމަށެވެ. އެ ކަން ކުރިއެރުމަކަށް ވަނީ ތިލަފުއްޓަށް ބަދަލުވާތީ ނޫން ކަމަށާއި، ކުރިއެރުމަކަށް ވަނީ ޖާގަ އޮތް ތަނަކަށް ބަދަލުވާތީކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިހާރު ވިޔަފާރިވެރިންނަށް އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމުން މުދާ ނުބޭލި ގިނަ ދުވަސްތަކެއްވާންޖެހޭ މައްސަލަކަމަށެވެ. އޭގެ ސަބަބުން ބައެއް ކަހަލަ މުދާ ހަލާކުވެ، މުދަލުގެ ފެންވަރަށް ބަދަލު އައުމުގެ އިތުރުން އެކިއެކި ފީތަށް އަރައި މުދަލުގެ އަގަށް ވެސް ބޮޑެތި ބަދަލު ތަކެއް އަންނަކަމަށް ވިދާޅުވިއެވެ.

މައުޟޫޢުތަށް