އިސްލާމްއާބާދުގެ މިސްކިތަށް ދިން ޓެރަރިސްޓް ހަމަލައަކީ އިންސާނިއްޔަތާ ޚިލާފު ދަށުދަރަޖައިގެ އަމަލެއް: ދިވެހި ސަރުކާރު
ސަން
7 ފެބްރުއަރީ 2026 | ހޮނިހިރު | 9:37
އިސްލާމްއާބާދުގެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހުގެ ހުކުރު ވަގުތު ދިން ޓެރަރިސްޓް ހަމަލައަކީ އިންސާނިއްޔަތާ ޚިލާފު ދަށުދަރަޖައިގެ އަމަލެއްކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އިސްލާމްއާބާދުގެ ތަރްލާއީ ސަރަހައްދުގައި ހުންނަ މިސްކިތަކަށް ހުކުރު ނަމާދު ވަގުތު ދިން އަނިޔާވެރި ހަމަލާއަކީ އިންސާނިއްޔަތާއި، ދީނާއި، އަދި އަހުލާގީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފު، ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.
މި ހާދިސާގައި މައުސޫމް އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ ބަޔަކު ޒަހަމްވެފައިވާތީ، ދިވެހި ސަރުކާރުން ވަނީ އެކަމުގެ ހިތާމަ ފާޅުކޮށްފައެވެ. އަދި މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ރައްދުކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.