"ފްލެޓަށް ބަދަލުވާއިރު އުފެދޭ ކުނި އުކާލަންޖެހޭނީ ވެރިން، ތަކުރާރުކޮށް ގަވައިދާ ޚިލާފުވާނަމަ އެއްބަސްވުން ބާތިލްކުރާނަން"
ސަން
7 ފެބްރުއަރީ 2026 | ހޮނިހިރު | 10:06
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ފުލެޓުތަކުގައި ކުނިބުނި އެއްވަނީ ފުލެޓުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ގަވައިދާ ޚިލާފަށް ދުވަހު އުކާލާ ކުނީގެ ތެރެއަށް ބޮޑެތި ކުނިތައް އަޅާތީ ކަމަށާއި، އެ ފަރާތްތައް ޖޫރިމަނާކޮށް، ފުލެޓު އެއްބަސްވުމުގައިވާ ފިޔަވަޅުތައް އަޅާނެ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިރޭ ބުނެފިއެވެ.
ފަހި ފުލެޓުތަކުގެ އިތުރުން، އެހެން ފުލެޓުތަކުގެ ތިރީގައި ވެސް ދޭތެރެއަކުން އާންމުން ބައެއް ފަހަރު ކުނިބުނި ބަހައްޓައެވެ. އެގޮތަށް ބަހައްޓާ ބައެއް ކުނިބުނީގައި އަލިފާން ރޯވެ، އަލިފާނުގެ ބައެއް ހާދިސާތައް ވެސް އެކިފަހަރު މަތިން ހިނގާފައިވެއެވެ.
އަދި ބައެއް ފަރާތްތަކުން އެ ފަރާތްތައް ދިރިއުޅޭ ފުލެޓުތަކުގެ ބޭރުގައިވެސް ކުނިބުނި ބަހައްޓައިފައި ހުރެއެވެ.