ވައިގެ މަގުން ކަނޑު ބަލަހައްޓަން ފެށިފަހުން ގަވައިދާ ޚިލާފަށް ވަންނަ އުޅަނދުފަހަރު މަދުވެއްޖެ: ޣައްސާން

ސަން

7 ފެބްރުއަރީ 2026 | ހޮނިހިރު | 11:07

މިދިޔަ މާރިޗު މަހުގެ 15ވަނަ ދުވަހު އެމްއެންޑީއެފްގެ އެއާ ކޯގެ ޚިދުމަތް ފެށި ފަހުން، ގަވައިދާ ޚިލާފަށް ރާއްޖޭގެ އިގުތިޞާދީ ސަރަހައްދަށް އެތެރެވާ ކަނޑު އުޅަނދުފަހަރު މަދުވެއްޖެ ކަމަށް، ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން މިދިޔަ މާރިޗު މަހުގެ މެދުތެރޭ ފެށި ފަހުން ކަނޑުތައް ބެލެހެއްޓުމާއި ގެއްލޭ މީހުން ހޯދުން ފަދަ، 170އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ.

އެއާ ކޯ ތައާރަފްކުރިފަހުން ރާއްޖޭގެ ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

މައުޟޫޢުތަށް