ކުޑަކުދިންނަށް ދޭ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނި އެ ނުވިއްކަން އަންގައިފި

ސަން

8 ފެބްރުއަރީ 2026 | އާދިއްތަ | 9:52

ތުއްތު ކުދީންނަށް ކާންދިނުމަށް ތައްޔާރުކޮށްފައިވާ "ބޭބީ ބަޔޯ" ފޯމިއުލާގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ފެނި އެ ނުވިއްކުމަށް އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ފަރަންސޭސި ވިލާތުގައި އުފައްދާފައިވާ "ބޭބީ ބަޔޯ" މަރުކާގެ އިންފެކްޓް ފޯމިއުލާގެ ބައެއް ބެޗްތަކުން، 'ސެރެއުލައިޑް' ނަމަކަށް ކިޔާ ވިހަ މާއްދާއެއް ފެނިފައި ވާކަމަށެވެ.

އެހެންކަމުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކައި ނައްތާލުމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައި ވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އާންމުކޮށްފައި ވާކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

މައުޟޫޢުތަށް