ދިވެހީން ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށް، ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން ވެރިކަންކުރާ އެޗްޓީއެސް ނަގައިފި

ސަން

8 ފެބްރުއަރީ 2026 | އާދިއްތަ | 12:41

ދިވެހީން ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށް، ސީރިއާގައި މިހާރު ވެރިކަން ކުރަމުން އަންނަ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ދިވެހިރާއްޖޭން ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފިއެވެ.

ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު އާކުރާއިރު، އެންމެ ފަހުން ނެރުނު ލިސްޓުން ވަނީ ދިވެހީން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދެއްކަމަށް ސީރިއާ އޮތް އޮތުން އުނިކޮށްފައެވެ. ދަތުރުކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ސީރިއާ އެންމެ ފުރަތަމަ ކަނޑައެޅީ 31 އޮކްޓޯބަރު 2019ގައެވެ.

މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން، މިހާރު އެ ގައުމުގައި ވެރިކަން ކުރާ އެޗްޓީއެސް ވަނީ ނަގައިފައެވެ. ދިވެހި ސަރުކާރުން މި ބަދަލު ގެނައީ، އެމެރިކާ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކުން ސީރިއާގެ މިހާރުގެ ވެރިކަން ބަލައިގަންނަ ފަދަ މޭރުމަކުން ނިންމުންތައް ނިންމަމުން ދާ ދަނޑިވަޅެއްގައެވެ.

މައުޟޫޢުތަށް