ވެމްކޯ މުވައްޒަފުގެ މަރު: ލަންކާ ޑްރައިވަރު ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު، މަސައްކަތްކުރަމުން ދިޔައީ ގަވައިދާ ޚިލާފަށް
ސަން
8 ފެބްރުއަރީ 2026 | އާދިއްތަ | 1:18
މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ތިލަފުށީގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 24 އަހަރުގެ ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކްސްކެވޭޓަރު ޑްރައިވަރު މަސައްކަތްކުރަނީ ގަވައިދާ ޚިލާފަށް ކަމަށް، ފުލުހުން މިއަދު ކޯޓުގައި ބުނެފިއެވެ.
ޖަނަވަރީ މަހުގެ 26ވަނަ ދުވަހު ގެއްލުނު ބިިދޭސީ މީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަނިކޮށް، މަރުވެފައި އޮއްވާ ފެނުނީ އޭގެ ދެ ދުވަސް ފަހުން އެ މަހުގެ 28ވަނަ ދުވަހެވެ.
މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 24 އަހަރުގެ އަމީން މިއާ ނަމަކަށް ކިޔާ މީހެކެވެ.