ހޫނު މޫސުމުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް އަމާޒުކޮށް، ރާއްޖެ އިޝްތިހާރުކުރުމަށް ހަތް މަހުގެ ބޮޑު ކެމްޕެއިނެއް ފަށައިފި
ސަން
8 ފެބްރުއަރީ 2026 | އާދިއްތަ | 2:50
ހޫނު މޫސުމުގެ ދުވަސްވަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށް، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކާއެކު، މީސްމީޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކެމްޕެއިނެއް ފަށައިފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، "ސީސޭޝަނަލް ސަމާ"ގެ ނަމުގައި މި ފެށި ކެމްޕެއިންގެ މަގުސަދަކީ ހޫނު މޫސުމުގެ ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މުޅި އަހަރު ދުވަހު ރާއްޖޭގައި ތަފާތު ހަރަކާތްތައްވާކަން ދައްކާލުމާއި، މުޅި އަހަރު ދުވަހު ޒިޔާރަތްކުރުމަށް ރާއްޖެއަކީ އެންމެ އެކަށީގެންވާ މަންޒިލުގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށެވެ.
އެގޮތުން މީސްމީޑިއާ އާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރެވޭ ތަފާތު ހަރަކާތްތަކާއި ތަޖުރިބާތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އެއް ޝިއާރެއްގެ ދަށުން އިޝްތިހާރުކުރެވޭނެ ކަމަށް، އެ ކޯޕަރޭޝަނުން ބުންޏެވެ.