ވިޔަފާރި މެއިލް ބޭނުންކޮށްގެން ސްކޭމް ކުރުން ވަރަށް ގިނަ، ސަމާލުވުމަށް ފުލުހުންގެ އިލްތިމާސެއް

ސަން

8 ފެބްރުއަރީ 2026 | އާދިއްތަ | 5:27

ވިޔަފާރިއަށް ބޭނުންކުރާ އީމެއިލް ކޮމްޕްރޮމައިޒް ކޮށްގެން ހިންގާ ސްކޭމްތައް ވަރަށް ގިނަކަން ފާހަގަކޮށް، އެފަދަ ސްކޭމްތަކަށް ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވަނީ، އަދުގެ ޑިޖިޓަލް ޒަމާނުގައި ރަސްމީ މުއާމަލާތްތައް ހިންގުމުގައި އީމެއިލަކީ އެންމެ އަސާސީ އެއް ވަސީލަތް ކަމަށާއި ނަމަވެސް އެއީ ކުށްވެރިން ނަހަމަ ގޮތުގައި އެކައުންޓުތަކަށް އެކްސެސްވުމަށް ބޭނުންކުރާ އެންމެ ނުރައްކާތެރި އެއް ގޮތްކަން ފާހަގަކޮށްފައެވެ.

ވަކިން ޚާއްސަކޮށް، "ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒް" (ބީއީސީ) އަކީ މުޅި ދުނިޔޭގައި ވެސް މާލީ ސްކޭމް ހިންގުމަށާއި ފައިސާ ވަގަށްނެގުމަށް މިހާރު އެންމެ ގިނައިން ބޭނުންކުރަމުންދާ އެއް އުކުޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް