ރައީސް އޮފީހާއި މިނިސްޓްރީތަކުން ޖަވާބުނުދީގެން އައިކޮމްއަށް މިދިޔަ އަހަރު 195 ޝަކުވާ ހުށަހެޅި
ސަން
8 ފެބްރުއަރީ 2026 | އާދިއްތަ | 7:17
ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، ރައީސް އޮފީހާއި މިނިސްޓްރީތަކުން ހޯދަން ހުށަހަޅާ މައުލޫމާތަށް ޖަވާބުނުދީގެން 195 މައްސަލަ ޝަކުވާގެ ގޮތުގައި މިދިޔަ އަހަރު ހުށަހެޅި ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ އޮފީހުން މިއަދު ވަނީ، މިދިޔަ އަހަރު އެ ހުށަހެޅި މައްސަލަތަކުގެ ހިސާބުތައް އާންމުކޮށްފައެވެ. އެ މައްސަލަތައް ހުށަހެޅެނީ، އިސްތިއުނާފު ނުވަތަ ޝަކުވާގެ ގޮތުގައި ކަމަށް އައިކޮމްއިން ވަނީ ބުނެފައެވެ.
އެގޮތުން، ހުށަހަޅާ މައުލޫމާތަށް މުއްދަތު ހަމަވާއިރު، ޖަވާބު ނުދީގެން އެންމެ ގިނައިން އައިކޮމްއަށް ހުށަހަޅާފައި ވަނީ، މިނިސްޓްރީތަކުގެ ޝަކުވާއެވެ. އެ ބާވަތުގެ 142 މައްސަލަ ހުށަހެޅިއިރު، ރައީސް އޮފީހާ ގުޅޭ 53 ޝަކުވާއެއް މިދިޔަ އަހަރު އެ އޮފީހަށް ހުށަހެޅިއެވެ.