ތެލެސީމިއާ ބާވަތްތައް ދެނެގަންނަން ހަދާ ޑީއެންއޭ ލެބޯޓްރީ ހުޅުވައިފި

ސަން

8 ފެބްރުއަރީ 2026 | އާދިއްތަ | 8:02

މޯލްޑިވިއަން ބްލަޑް ސާވިސަސްގައި، ތެލަސީމިއާގެ ބާވަތްތައް ދެނެގަތުމަށް ތަހުލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ހުޅުވައިފިއެވެ.

މި ލެބޯޓަރީ މިއަދު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މި ލެބުގެ ސަބަބުން އާއިލީ ގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންސްގެ މުހިންމުބާވަތްތައް ރާއްޖޭގައި ތަހްލީލު ކުރެވި ނަތީޖާ ލިބޭނެ ކަމަށާއި، ޖުމްލަ 27 ބާވަތެއްގެ މިއުޓޭޝަންސް ދެނެގަނެވޭނެ ކަމަށެވެ.

މައުޟޫޢުތަށް