އެފްޑީސީ ފުލެޓަށް ޑައުންޕޭމެންޓް ދައްކަން ޒަކާތު ފަންޑުން 91،000 ރުފިޔާގެ އެހީ ދީފި

ސަން

8 ފެބްރުއަރީ 2026 | އާދިއްތަ | 10:13

ސަރުކާރުން ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރާ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ޔުނިޓްތަކުގެ ޑައުންޕޭމަންޓް ދެއްކުމަށް، ފުރަތަމަ ފަހަރަށް ޒަކާތު ފަންޑުން އެހީ ދީފިއެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 14 މީހަކަށް ލިބިފައިވާ ފުލެޓުގެ ޑައުންޕޭމަންޓު ޒަކާތު ފަންޑުން ދައްކައިދިނުމަށް ނިންމާފައި ވާކަން، ޒަކާތު ހައުސްއިން ހާމަ ކުރީ ފާއިތުވި އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އޭރު އެ ފަންޑުން ވަނީ އެކަމަށް 340،000 ޚަރަދު ވާނެކަމަށް ލަފާކޮށްފައެވެ.

މިއަދު ޒަކާތު ހައުސްއިން ނެރެފައިވާ، މިދިޔަ ޑިސެންބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ފަގީރުންނާއި މިސްކީނުންގެ ފުލްޓަށް ޑައުންޕޭމަންޓް ދެއްކުމަށް އެ މަހު ހޭދަކޮށްފައިވަނީ، 91،000 ރުފިޔާއެވެ.

މައުޟޫޢުތަށް