މި އަހަރު ކޯޓުތަކުގެ ބެކްލޮގް ފިލުވަން އަމާޒު ހިފައި، ޓާސްކްފޯހެއް ހަދަނީ

ސަން

8 ފެބްރުއަރީ 2026 | އާދިއްތަ | 10:19

މި އަހަރު ކޯޓުތަކުގެ ބެކްލޮގު ފިލުވުމުގެ އަމާޒުގައި، އަންނަ އަންގާރަ ދުވަހު ޓާސްކްފޯހެއް އެކުލަވާލާނެކަން އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު މިރޭ ހާމަކުރައްވައިފިއެވެ.

ޤަޟާއީ އަހަރު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަމިއްލަ ބާރު ނުފޯރާ ސަބަބުތައް ހިމެނޭ ގޮތަށް އެކި ސަބަބުތަކާ ހެދި، ޝަރުއީ ކޯޓުތަކުގައި އެކަށީގެންވާ މިންވަރަށް ވުރެ ދިގު މުއްދަތަކަށް ނުނިމި ހުރި މައްސަލަތައް އެބަހުރި ކަމަށެވެ.

މިދިޔަ އަހަރު ނިމުނުއިރު، ނުނިމި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިހުރި 13،032 މައްސަލަ ރާއްޖޭގެ ކޯޓުތަކުގެ ބެކްލޮގުގައި އެބަހުރިކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް