މަދަނީ ހުކުމްތައް ތަންފީޒުކުރާނެ ގޮތުގެ އޮނިގަނޑަކާއި، ޚާއްސަ އިދާރާއެއް އުފައްދަން ޖެހޭ: އުއްތަމަ ފަނޑިޔާރު
ސަން
8 ފެބްރުއަރީ 2026 | އާދިއްތަ | 11:11
މަދަނީ ހުކުމްތައް ތަންފީޒުކުރާނެ ގޮތުގެ އޮނިގަނޑަކާއި، އެކަމަށް ޚާއްސަ އިދާރާއެއް ބޭނުންވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ޤަޟާއީ އަހަރު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޣަނީ ވިދާޅުވީ، މަދަނީ އަދުލުގެ ނިޒާމަކީ ވަރަށް ފުޅާ ނިޒާމެއް ކަމަށެވެ. އެގޮތުން، އެ ނިޒާމުގެ ތެރެއިން ކޮންމެ ދުވަހަކު ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތަކާއި ނިންމާ ނިންމުތައް ވަރަށް ގިނަ ކަމަށް ޣަނީ ވިދާޅުވިއެވެ.
އެ މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ކުރާ ހުކުމްތައް، ފަނޑިޔާރުގޭގެ ބޭރުން ނުވަތަ އެތެރެއިން ތަންފީޒުކުރެވޭނެ ހަރުދަނާ ގާނޫނީ މެކޭނިޒަމެއް މިއަދު އިންތިހާއަށް ބޭނުންވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.