ޔާމީންގެ ތުހުމަތެއް: ގޭސް މަދުކޮށްފައިވަނީ ގަސްތުގައި، ''ކޮންމެވެސް މީހަކަށް'' ބައި އަޅައިގެން
ސަން
8 ފެބްރުއަރީ 2026 | އާދިއްތަ | 11:31
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން ގޭސް ލިބުމުގައި އާދަޔާޚިލާފަށް ލަސްތަކެއް ދިމާވެގެން ޝަކުވާ ކުރަނިކޮށް، ރާއްޖޭގައި ގޭސް މަދުކޮށްފައިވަނީ ގަސްތުގައި ކަމަށާއި، އެއީ ''ކޮންމެވެސް މީހަކަށް'' ފައިދާއެއް ލިބޭ ގޮތަށް ''ބައި އެޅީމައި''ވީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ތުހުމަތުކުރައްވައިފިއެވެ.
ސިލްސިލާކޮށް ބާއްވަވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ގޭސް އަގުހެޔޮ ކުރުމަށް ސަރުކާރުން ގޭސް ގެނެސްގެން ވިއްކާކަށް ނުޖެހޭ ކަމަށެވެ.
އެގޮތަށް ވިއްކާނަމަ، ދެފުށްފެންނަ ގޮތަށް ކުރިއަށްގެންދަން ބައިވަރު މަރުހަލާތަކެއް އޮންނަކަމަށް ޔާމީން ވިދާޅުވިއެވެ.