އައްޑޫ ދޮންހެރައާއެކު ހަލާލް ޓޫރިޒަމަށް ތިން ރަށެއް، ރިސޯޓު ހަދަން 13 ފަޅެއް ބީލަމަށް
ސަން
8 ފެބްރުއަރީ 2026 | އާދިއްތަ | 11:00
ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅައިފައިވާ ރަށްރަށާއި ފަޅުތަކުގައި ރިޒޯޓު ހަދަން 13 ފަޅާއި، ހަލާލް ޓޫރިޒަމަށް ޚާއްސަ ތިން ރަށަކަށް ބީލަން ހުށަހަޅަން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.
ހަލާލު ޓޫރިޒަމަކީ ޚާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހެމާނުންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި، ހަލާލް ޓޫރިޒަމަށް ދޫކުރާ ކަމަށް އިއުލާންކޮށްފައިވަނީ ހދ. މަކުނުދޫ ފަރުން ފަޅުގެ ސަރަހައްދަކާއި ލ. ފޮނަގާދޫ އާއި އައްޑޫ ސިޓީގެ ދޮންހެރަ އެވެ.