ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި
ސަން
9 ފެބްރުއަރީ 2026 | ހޯމަ | 10:21
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ގައުމަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ފަސް ދުވަހުގެ މި ދަތުރުފުޅު ހުކުރު ދުވަހު ރައީސް ނިންމަވާލައްވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް, ޖަރުމަނުވިލާތުގެ ރައީސާއި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.