ސުނާމީބިނާ މައިޒާން ތަރައްގީކުރަން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އަންގައިފި
ސަން
9 ފެބްރުއަރީ 2026 | ހޯމަ | 12:14
މާލޭގެ ސުނާމީ ބިނާ ސަރަހައްދު ތަރައްގީކުރުމަށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް މިއަދު އަންގައިފިއެވެ.
ފުލުހުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މާލޭ ސްކޭޕިން މަޝްރޫއުގެ ތެރެއިން ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިއަދުގެ 18:00ގެ ކުރީން ނަގައި އެ ސަރަހައްދު ހުސްކޮށްދިނުމަށް އެދިފައެވެ.
ފުލުހުން ވަނީ ހުސްކުރަންވާ ސަރަހައްދު އާންމުންނަށް ސާފުވާނޭ ގޮތަށް ޗާޓުގައި ކުރަހައި އާންމުކޮށްފައެވެ.