"ބުރަޕާ ބައިކް ވީކް2026" ގައި ޕާފޯމްކުރަން ހަބޭސް ގުރޫޕް ތައިލެންޑަށް

ސަން

9 ފެބްރުއަރީ 2026 | ހޯމަ | 1:50

ތައިލެންޑްގެ ޕަޓާޔާގައި ބާއްވާ "ބުރަޕާ ބައިކް ވީކް2026" ގައި ޕާފޯމް ކުުރުމަށް ރާއްޖޭގެ މަޝްހޫރު އަދި ފޭން ބޭސް ބޮޑު "ހަބޭސް ބޮޑުބެރު" ގްރޫޕުން ފުރައިފިއެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ ބައިކާސް ބޮޑު އިވެންޓަށް މިދިޔަ ދެ އަހަރުވެސް ހަބޭސް ޓީމުން ވަނީ ގޮސްފައެވެ. މިއީ މި އިވެންޓް ކުރިއަށްގެންދާތާ 29 ވަނަ އަހަރެވެ.

"ބުރަޕާ ބައިކް ވީކް2026"އަކީ އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ބައިކާސް އިވެންޓެވެ. އޭޝިއާ ގައުމުތަކުގެ އިތުރުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކާއި، އިނގިރޭސިވިލާތުގެ މަޝްހޫރު ބައިކާސް ކްލަބްތަކާއި ބޮޑެތި ސައިކަލުތައް ދުއްވާ ފަރާތްތަކުން މި އިވެންޓްގައި ބައިވެރިވާން އާދެއެވެ.

މައުޟޫޢުތަށް