16 ގައުމުން ބައިވެރިވި އަސްކަރީ މުބާރާތަކުން ދިވެހި ސިފައިންގެ ޓީމުން ރަން މެޑަލް ހާސިލްކޮށްފި

ސަން

9 ފެބްރުއަރީ 2026 | ހޯމަ | 2:26

ޖުމްލަ 16 ގައުމަކުން ބައިވެރިވި ޕެޓްސް މުބާރާތުގައި ބައިވެރިވި ދިވެހި ސިފައިންގެ ޓީމުން ރަން މެޑެލް ހާސިލުކޮށްފިއެވެ.

މިއީ ޕާކިސްތާނުގައި ބޭއްވި ނުވަަ ވަނަ "އިންޓަނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް" (ޕެޓްސް) ކޮމްޕެޓިޝަން 2026" ވަނަ މުބާރާތެވެ.

އެމްއެންޑީއެފްއިން ބުނީ، ފެބުރުވަރީ މަހުގެ ފަސްވަނަ ދުވަހުން ހަތްވަނަ ދުވަހަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓާ ޓެރެރިޒަމް ސެންޓާ، ޕަބި، ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ޤައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވެފައި ވާކަމަށެވެ.

މައުޟޫޢުތަށް