"ގޭސް ސްޓޮކް ލިބޭނެ އިރެއް ވެސް ނޭނގެ، މޯލްޑިވް ގޭހުގެ ބާރެއް ނެތް"

ސަން

9 ފެބްރުއަރީ 2026 | ހޯމަ | 3:47

ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން ގޭސް އޯޑަރު ކުރުމުން، ގޭސް ލިބުން އާދަޔާ ޚިލާފަށް ލަސްވާކަމުގެ ޝަކުވާ ކަސްޓަމަރުން ކުރަމުން އަންނަނިކޮށް، އެއީ ކުންފުނީގެ އެއްވެސް ބާރެއް އޮތް ކަމެއް ނޫން ކަމަށާއި އެއީ އެސްޓީއޯއިން ގޭސް ސަޕްލައިކުރުން ލަސްވާތީ ދިމާވާ ކަމެއް ކަަމަށް މޯލްޑިވް ގޭހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެއެވެ.

ނަން ނުޖަހަން ޝަރުތުކޮށް "ސަން"އަށް މައުލޫމާތު ދިން މޯލްޑިވް ގޭހުގެ މުވައްޒަފުންތަކެއް މީގެ ކުރިން ބުނީ އެ ކުންފުނީގެ ސްޓޮކް ހުސްވެފައި ހުންނަތާ މިހާރު ގިނަ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އަދި މިހާރު ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދެނީ ތިލަފުށީގައި ބޮޑު ސްޓޯރޭޖެއް ހުންނަ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވިލާ ގޭހުން ގަނެގެން ކަމަށް އެ މުވައްޒަފުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވް ގޭސްގެ އިސް އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ، ކުންފުންޏަށް ގޭސް ގަތުމުގެ ހުރިހާ މުއާމަލާތެއް މިހާރު ހިންގަނީ އެސްޓީއޯއިން ކަމަށެވެ. އެނގިފައިވާ ގޮތުގައި ގޭސް ގަތުމުގައި ޕްރޮކިއުމަންޓުގެ ހުރިހާ މަސައްކަތެއް އެސްޓީއޯއިން ކުރާ ގޮތަށް ހަމަޖެއްސީ މޯލްޑިވް ގޭހާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަވި ހިސާބުންނެވެ.

މައުޟޫޢުތަށް