އެލައިޑުން މެރިން އެކްސްޕޯގައި ބައިވެރިވެ، ޑިސްކައުންޓުތަކާއެކު ޚާއްސަ ހަދިޔާތަކެއް ދީފި

ސަން

9 ފެބްރުއަރީ 2026 | ހޯމަ | 6:22

މޯލްޑިވްސް މެރިން އެކްސްޕޯ 2026ގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރަންސްއިން ބައިވެރިވެ، ޑިސްކައުންޓުތަކާއެކު ޚާއްސަ ހަދިޔާތަކެއް ދީފިއެވެ.

މި އެކްސްޕޯގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުން އެލައިޑް އިންޝިއުރަންސްއިން ވަނީ މެރިން އިންޑަސްޓްރީއަށް ޚާއްސަކޮށް، މެރިން ހަލް ޕްރޮމޯޝަނަކާއި މި ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

އެލައިޑުން ބުނި ގޮތުގައި އެ ކުންފުނިން، އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ޑައިވް ސްކޫލްތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި، އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރަންސް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ހިއްސާކުރުމެވެ. އަދި އެކަމުގެ މުހިންމުކަށް އަންގައިދިނުމެވެ.

މައުޟޫޢުތަށް