ބަޖެޓަށް ބޭނުންވާ 26 ބިލިއަންގެ 30 ޕަސެންޓް ޖެހޭނީ ޗާޕުކުރަން، އެންމެ ގެއްލުންވާނީ މާލޭގައި އުޅޭ މީހުންނަށް: ޒަރިޔަންދު
ސަން
9 ފެބްރުއަރީ 2026 | ހޯމަ | 7:10
މި އަހަރު ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށް، ބަޖެޓަށް 26.3 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަންޖެހޭއިރު، އޭގެ ތެރެއިން 30 ޕަސެންޓް ޗާޕުކުރުން ނޫން ގޮތެއް ނުފެންނަ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ މާލޭ ސިޓީގައި އުޅޭ މީހުންނަށް ކަމަށް، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާޢިލް ޒަރިޔަންދު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ޒަރިޔަންދު ވަނީ، މިހާރުގެ އިގުތިޞާދީ ހާލަތަށް އަލިއަޅުއްވާލަފައެވެ.
އެގޮތުން، ސަރުކާރުގެ ބޭކާރު ޚަރަދު ބޮޑުވެފައިވާއިރު، މި އަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށް އެއްވެސް ރޭވުންތެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.