ގޭސް މަދުން ވިއްކަނީ ދުނިޔޭގެ ބަޒާރުގެ ސަޕްލައިއަށް އައި ލޮޅުމަކާ ހެދި، އަންނަ ހަފުތާގައި ހައްލުވާނެ: އެސްޓީއޯ

ސަން

9 ފެބްރުއަރީ 2026 | ހޯމަ | 10:47

ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން އާންމުކޮށް ވިއްކާ މިންވަރަށް ވުރެ މަދުން ވިއްކަން ފަށައިފައިވަނީ ދުނިޔޭގެ ބާޒާރުގެ ސަޕްލައިއަށް ލޮޅުމަކާ ހެދި ކަމަށާއި، އަންނަ ހަފުތާގެ ތެރޭގައި އެ މައްސަލަ ހައްލުވާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވް ގޭސްއިން ވަނީ، މީގެ ކުރިން ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ވިއްކަން ފަށައިފައެވެ. އަދި ގޭހަށް އޯޑަރު ދިނުމުން، ގޭސް ލިބުން އިންތިހާއަށް ލަސްވާ ކަމުގެ ޝަކުވާ ފާއިތުވި ދުވަސްތަކުގައި ކަސްޓަމަރުން ކޮށްފައިވެއެވެ.

މޯލްޑިވް ގޭސްގެ އިސް އޮފިޝަލަކު މިއަދު "ސަން"އަށް ވަނީ، ކުންފުންޏަށް ގޭސް ގަތުމުގެ ހުރިހާ މުއާމަލާތެއް މިހާރު ހިންގަނީ އެސްޓީއޯއިން ކަމަށާއި، ގޭސް ގަންނަ ތަނަކާއި ގަންނަ އަގު ވެސް މިހާރު ނިންމަނީ އެ ކުންފުނިން ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް