ދިވެހި ސަރުކާރުގެ ވިސްނުމާ ދެކޮޅަށް، ޔޫކޭ އާއި އެމެރިކާ އެއްބަސްވި ފަހުން މޯދީ މޮރިޝަސްއަށް ދިނީ ޔަގީންކަން!

ސަން

10 ފެބްރުއަރީ 2026 | އަންގާރަ | 12:33

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް، މޮރިޝަސްއަށް ދިނުމާ ގުޅޭ މައްސަލައިގައި، އިނގިރޭސިވިލާތާއި އެމެރިކާއިން ރާއްޖޭން ވަކާލާތު ކުރި ގޮތާ ދެކޮޅަށް އެއްބަސްވުމަކަށް އައިތާ މާގިނަ ދުވަހެއް ނުވަސީން، އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި މޮރިޝަސްއިން މަޝްވަރާކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ވިދާޅުވަމުންނެވެ. އަދި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅިއިރު، ރާއްޖެއަށް ގެއްލުނު 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދު ރާއްޖޭގެ ސިފައިން ހިމާޔަތް ކުރާނެ ކަމަށް އެ މަނިކުފާނު ވަނީ، މިދިޔަ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

އެ ނިންމެވުމާ ގުޅިގެން ދިވެހި ސިފައިން އަންނަނީ، މޮރިޝަސްގެ ސަރަހައްދުގެ ގޮތުގައި އިޓްލޮސްއިން ކަނޑައެޅި ސަރަހައްދުގައި ވެސް ހަރަކާތްތެރިވަމުންނެވެ.

މައުޟޫޢުތަށް