މައި ދެ އިންތިޚާބު އެއްކުރުން ދެކޮޅުނުޖެހެންވީ ސަބަބެއް އޮތްކަމަށް ނުވިސްނޭ: ފަލާޙް

ސަން

10 ފެބްރުއަރީ 2026 | އަންގާރަ | 1:10

މައި ދެ އިންތިޚާބުކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހެޅުއްވި އިސްލާހަކީ އެއްގޮތަކަށްވެސް ދެކޮޅުނުޖެހޭ، ގާނޫނުއަސާސީގެ ބާރު ކަނޑުވާލާ އިސްލާހެއްގެ ގޮތުގައި ވިސްނިވަޑައިނުގަންނަވާ ކަމަށް، އޭނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މައި ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ފަލާޙް ހުށަހެޅުއްވި އިސްލާޙު ފާސްކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ނިންމައި، ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓަށް ބަހުސްކުރުމެވެ. މަޖިލީހުން މިއަދު އެ އިސްލާހުވަނީ ފާސްވެސްކޮށްފައެވެ.

://./217771

މައުޟޫޢުތަށް