ވެލްނަސް ކުލަބުން އުމްރާއާއި ހައްޖަށްދާ މީހުންނަށް ކަސްރަތު ޕްރޮގްރާމެއް ފަށައިފި
ސަން
10 ފެބްރުއަރީ 2026 | އަންގާރަ | 3:45
ހީޓުން ހިންގާ, އޭޑީކޭ ހޮސްޕިޓަލުގެ ވެލްނަސް ކުލަބުން ހައްޖާއި އުމްރާއަށް ދާ މީހުންނަށް ޚާއްސަ ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.
އާންމު ދުޅަހެޔޮކަން ކުރިއެރެވުމުގެ ތަސައްވުރާއެކު ފެށި އެ ސެންޓަރަކީ، ޖިސްމާނީ އަދި ނަފްސާނީ ދިރިއުޅުމުގެ އާދަތައް ރަނގަޅުކުރުމަށް މުޖުތަމައުއަށް އަމާޒުކޮށްގެން މަސައްކަތް ކުރާ ސެންޓަރެކެވެ.
މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ވެލްނަސް ކްލަބުން ވަނީ ކުޅިވަރު ކުޅުންތެރިންނާއި، އާއިލާތަކާއި މުޅި މުޖުތަމައަށް އަމާޒުކޮށްގެން ގިނަ ޚިދުމަތްތަކެއް ފުޅާކޮށްފައެވެ.