މިދިޔަ މަހުގެ ފަހު ތިން ހަފުތާގައި ޑެންގީއާއި ބޭރަށް ހިންގުން އިތުރުވެ، 6،000އެއްހާ މީހުން ރިޕޯޓުކުރި

ސަން

10 ފެބްރުއަރީ 2026 | އަންގާރަ | 5:58

މިދިޔަ މަހުގެ ފަހު ތިން ހަފުތާގައި ޑެންގީ ހުމާއި ބޭރަށް ހިންގުން އިތުރުވެ، 6،000އެއްހާ ކޭސް ރިޕޯޓުކުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޑެންގީ ހުމާއި ބޭރަށް ހިންގުން އަންނަނީ އިތުރުވަމުންނެވެ. އެ ކަމަށް ސަމާލުވުމަށް އޭރު އެޗްޕީއޭއިން ވެސް އިލްތިމާސްކުރިއެވެ.

އެ އެޖެންސީން މިދިޔަ މަހު11 އިން 31ގެ ނިޔަލަށް އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އަރިދަފުސް ރޯގާއާއި ޑެންގީ ހުމާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މައުޟޫޢުތަށް