ބޭރު ފައިސާ ދައުރުވާ މިންވަރާއި، އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އިތުރުވެއްޖެ: ރައީސް

ސަން

10 ފެބްރުއަރީ 2026 | އަންގާރަ | 8:58

ރައީސް ޑރ. މުޙައްމަދު މުއިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވިޔަފާރިވެރީންނާއި ބައްދަލުކުރަައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ބޭރު ފައިސާ ދައުރުވާ މިންވަރާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު އިތުރުވެފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ރައީސް މުއިއްޒު ޖަރުމަނަށް ފުރާވަޑައިގަތީ އިއްޔެއެވެ.

އެ މަނިކުފާނު މިއަދު ވަނީ ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދިޔަ "މޯލްޑިވްސް ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް"ގައި ބައިވެރިވެވަޑައިގެންފައެވެ. އޭޝިއާ ޕެސިފިކް ކޮމިޓީ އޮފް ޖާމަން ބިޒްނަސްއިން އިންތިޒާމުކުރި މި ބައްދަލުވުމުގައި ރައީސް ވަނީ، ޖަރުމަނުގެ އިސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އިގުތިސޯދީ ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.

މައުޟޫޢުތަށް