ގިނަ ދުވަސްވީ މައްސަލަތައް ނިންމަން އުއްތަމަ ފަނޑިޔާރުގެ ޚާއްސަ ޓާސްކް ފޯސް އެކުލަވާލައްވައިފި
ސަން
10 ފެބްރުއަރީ 2026 | އަންގާރަ | 8:26
ޝަރުއީ މަރުހަލާގައި ނުނިމި، ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމަން، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު، ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައްވައިފިއެވެ.
ކޯޓުތަކުގައި ދުވަސްވެފައި ހުރި މައްސަލަތައް ނިންމަން ޚާއްސަ ޓާސްކްފޯސްއެއް އެކުލަވާލަން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ ނިންމެވީ، ކޯޓުތަކުގެ ބެކްލޮގުގައި ހުރި މައްސަލަތައް ނުނިމި، އަހަރުންއަހަރަށް އިތުރުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. ޓާސްކް ފޯހެއް އެކުލަވާލައްވަން ނިންމެވިކަން އުއްތަމަ ފަނޑިޔާރު އިއުލާން ކުރެއްވީ، ޝަރުއީ އަހަރު ފެށުމުގެ ގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ ވަނީ ފަނޑިޔާރުގޭގެ އެންމެ އިސް ވާޖިބަކީ އަވަހަށް މައްސަލަތް ނިންމުން ކަމަށް ވިދާޅުވެފައެވެ. އެ ދުވަހު އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ 13،032 މައްސަލައެއް ކޯޓުތަކައި އެބައޮތެވެ.