ޖަރުމަނުން ރައީސަށް ރަސްމީކޮށް މަރުހަބާ ދަންނަވައި، ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި

ސަން

11 ފެބްރުއަރީ 2026 | ބުދަ | 12:32

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ޝްޓައިންމަޔާގެ ދަޢުވަތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި، އެ މަނިކުފާނަށާއި އެ މަނިކުފާނުގެ ވަފުދަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.

އެ ރަސްމިއްޔާތު އޮތީ ޖަރުމަނުގެ ރިޔާސީ ގަނޑުވަރު ޝްލޮސް ބެލްވޫގައެވެ.

ރައީސް އޮފީހުން ބުނީ، މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒާއި ރައީސް ޝްޓައިންމަޔާ، އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައި ވާކަމަށެވެ. އެއަށްފަހު ދެ ޤައުމުގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއިކުރައްވާފައި ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް