ފުލެޓުތަކަށް ކުރިމަތިލާ މީހުންގެ ޑިމާންޑު ބޮޑު، 3،600އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

ސަން

11 ފެބްރުއަރީ 2026 | ބުދަ | 11:01

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމު "އެންމެނަށް ބޯހިޔާވަހިކަން"ގެ ދަށުން ހުޅުވާލި ފުލެޓުތަކަށް އޮތް ޑިމާންޑު ވަރަށް ބޮޑު ކަމަށާއި މިހާތަނަށް 3،600އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި މިހާތަނަށް ހުށަހަޅާފައި ހުރި އަދަދުތަކުން ފުލެޓަށް އޮތް ޑިމާންޑު ބޮޑު ކަމަށެވެ.

އެގޮތުން، މިހާތަނަށް 3،651 ފޯމު ފުލެޓަށް އެދި ހުށަހަޅާފައިވާ ކަމަށާއި 10،000 އެއްހާ ފޯމު ޑްރާފްޓިން މަރުހަލާގައި އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް