ހިޔާވެހި ސްކީމުން މިހާތަނަށް 989 މިލިއަން ރުފިޔާގެ ލޯން ދޭން ނިންމައިފައިވޭ: މުއްތަލިބް

ސަން

11 ފެބްރުއަރީ 2026 | ބުދަ | 11:57

ހިޔާވެހި ފައިނޭންސް ސްކީމުގެ ތެރެއިން މިހާތަނަށް 989 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ ފަސް ޕަސެންޓުގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.

ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ، ހިޔާވެހި ލޯނު ދޫކުރަނީ އިކުއިޓީއަށް ދައްކަން ޖެހޭ އަދަދު ކުޑަކޮށްދީގެން ކަމަށެވެ.

މައުޟޫޢުތަށް