މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއަށް އެޖެންޑާކުރާނެ މައްސަލައެއް ނެތި، ކޯރަމް ވެސް ހަމައެއްނުވި

ސަން

11 ފެބްރުއަރީ 2026 | ބުދަ | 2:36

މާލޭ ސިޓީ ކައުންސިލުގެ ޖަލްސާގެ އެޖެންޑާގައި ކުރާނެ އެއްވެސް މަސައްކަތެއް ނެތި، އަދި ޖަލްސާގެ ކޯރަމް ވެސް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ.

ވޭތުވެދިޔަ ހަފުތާތަކުގައި ވެސް، ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުގެ ގިނަ ޖަލްސާތަކުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ބޭއްވޭ ގޮތް ނުވެއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އެޖެންޑާ އިއްވުމާއި ފާސްކުރުމާއި، މިދިޔަ ހަފުތާގައި ބޭއްވި ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މޭޔަރު ދަންނަވާލަން އޮތް ވާހަކައެއް އޮތް ނަމަ އެ ވާހަކައެއް ދެންނެވުމެވެ. މިއީ ހަމަ އާންމު ގޮތެއްގައި ކޮންމެ ޖަލްސާއަކު ވެސް އަމަލުކުރަމުން އަންނަ ގޮތެވެ.

މައުޟޫޢުތަށް