ފަހި ފުލެޓުގައި ލޭބާ ކުއާޓާ ހެދި މީހަކު ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެތަނުން ބިދޭސީން ހުސްކުރަން އަންގައިފި
ސަން
11 ފެބްރުއަރީ 2026 | ބުދަ | 5:03
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ސޯޝަލް ހައުސިން ފުލެޓެއްގައި ލޭބާ ކުއާޓަރު ހަދައި ބިދޭސީންނަށް ކުއްޔަށްދިން މައްސަލައެއްގައި މީހަކު ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ފުލެޓުން ބިދޭސީން ނެރެން ދިހަ ދުވަސް ދީފިއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް 'ސަން'އަށް މިއަދު ވިދާޅުވީ، ފަހި ފުލެޓުގައި އުޅޭ މީހަކު ލޭބާ ކުއާޓަރު ހިންގާކަމަށް، އެ ކޯޕަރޭޝަނުގެ މުވައްޒަފުން ބެލިބެލުމުން ފާހަގަވެފައިވާ ކަމަށެވެ.
އެހެންވެ ފުލެޓު އެއްބަސްވުމުގައިވާ ގޮތަށް، އެ މީހާ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް، ޙަމްދާން ވިދާޅުވިއެވެ.