ކަނޑުމަތީގެ ސަލާމަތާ ގުޅޭ މަސައްކަތުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތައް ރާއްޖެއާއި އީޔޫން ހޯދަނީ
ސަން
11 ފެބްރުއަރީ 2026 | ބުދަ | 5:07
ކަނޑުމަތީގެ ސަލާމަތާ ގުޅޭ މަސައްކަތުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން މަޝްވަރާކޮށްފިއެވެ.
ޔޫރަޕިއަން ޔޫނިއަންއާއި ރާއްޖޭގެ އިސް އޮފިޝަލުންގެ ބައްދަލުވުންތައް، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އަންނަނީ ބާއްވަމުންނެވެ. އެ ބައްދަލުވުންތަކަށް ފަހު، ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން ޕާޓްނާޝިޕް ޑައެލޮގް ފުރަތަމަ ފަހަރަށް ބާއްވައިފައިވަނީ މިދިޔަ ހޯމަ ދުވަހެވެ.
އެ ބައްދަލުވުން ޗެއާކުރެއްވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި ޔޫރަޕިއަން އެކްސްޓާން އެކްޝަން ސާވިސްގެ، އޭޝިއާ ސަރަހައްދުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޯނީއެވެ.