ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 700އަށްވުރެެ ގިނަ ބަނގުރާފުޅި ނައްތާލައިފި
ސަން
11 ފެބްރުއަރީ 2026 | ބުދަ | 7:05
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން 700 އަށްވުރެ ގިނަ އަދަދެއްގެ ބަނގުރާ ފުޅި މިއަދު ނައްތާލައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ދޫނިދޫގައި ނައްތާލާފައިވަނީ 777 ފުޅި ބަނގުރަލާއި 225 ބަނގުރާ ދަޅާއި އެހެނިހެން 10 އެއްޗެކެވެ.
މި ތަކެއްޗަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށް ބުންޏެވެ. އަދި ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.