އުއްތަމަ ފަނޑިޔާރުގެ ޓާސްކްފޯހުން އެޓެންޑްކުރާ މައްސަލަތަކުގެ ތެރޭގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލުމާ ގުޅޭ މައްސަލަ!

ސަން

11 ފެބްރުއަރީ 2026 | ބުދަ | 9:49

ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމަން، އުއްތަމަ ފަނޑިޔާރު އެކުލަވައިލެއްވި ޚާއްސަ ޓާސްކް ފޯހުން އެޓެންޑް ކުރާ މައްސަލަތަކުގެ ތެރޭގައި، ޕާޓީ ބަދަލުކޮށްފިނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް މި ސަރުކާރުން ގެނައި އިސްލާހުގެ މައްސަލަ ހިމެނޭކަން އެނގިއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެކުލަވައިލެއްވި ހާއްސަ ޓާސްކް ފޯސްއަކީ، ކޯޓުތަކުގެ ބެކްލޮގުގައި ހުރި މައްސަލަތައް ނުނިމި، އަހަރުން އަހަރަށް އިތުރުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެކުލަވައިލި ޓާސްކްފޯސްއެކެވެ.

ނުވަ މެންބަރުންގެ މައްޗަށް ހިމެނޭ މި ޓާސްކްފޯހުން، ނުނިމި އެއް އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކަށް އެޓެންޑް ކުރާނެއެވެ. މި ކޮމިޓީގެ މަސައްކަތް މިހާރުވަނީ ރަސްމީކޮށް ފަށައިފައެވެ.

މައުޟޫޢުތަށް